ރައީސް ޑރ. މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާ ކުރަށްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ހައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ސަޢުދީގައި ހުންނެވި ޑރ. ޝަހީމްވަނީ މައްކާގައި ތިބި ޙައްޖު ކޯޕަރޭޝަންގެ އުމްރާ ވެރިންނާއި ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ދިވެހި އުމްރާވެރިންގެ ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވާފައި ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
“ޑރ. ޝަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ހައްޖާއި އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ.” އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީއާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ހައްޖުކޯޕަރޭޝަންގެ އިސްބައެެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު