ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު ކެބިނެޓްގައި މިއަދު މަޝްވަރާކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިއަދު ވިދާޅުވީ ރާއްޖޭގައި ޑިވޮލޮޕްމެންޓް ބޭންކެއް އުފައްދަން މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރަށްވާނެ ކަމަށެވެ.

އަދި އޮންލައިން ޕޭމަންޓް ބޭނުންކުރުމަށް ހުރި ހުރަސްތައް ނައްތާލުމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފު ކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށް އެޖެންޑާ ކޮށްފައިވާ ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން މީޑިއާ ވިލެޖު ގާއިމް ކުރުމަށްޓަކައި މަޝްވަރާ ކުރުންވެސް މިއަދު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ދާދިފަހުން ރައީސް ޑރ. މުޢިއްޒު ވަނީ "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ"ގެ ނަމުގައި ރާއްޖޭގައި ބައިނަލްއަގްވާމީ މާލީ އިދާރާތައް ހިންގުމަށް މަގުފަހިކުރުމަށް އާއިދާރާއެއް އުފައްދަވަން ނިންމަވައިފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެމްއެމްއޭއާއި އެނޫން އިދާރާތަކާ ގުޅިގެން އެއިދާރާ ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަކީ ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި ކުރާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން