އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން، ފޮޓޯ:ޕީޕީއެމް
އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން، ފޮޓޯ:ޕީޕީއެމް
އިދިކޮޅުން ރޭގައި މާލޭގެ މަގުތަކުގައި ކުރި ސުލްހަވެރި އިހުތިޖާޖަކީ ފެށުމެއްކަމަށާއި، މިނިވަންކަން ހޯދުމުގައި ކުރަންޖެހޭ މަސައްކަތް ދެގުނަ ކުރިއަށް ޖައްސާނެކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މަޖީދީމަގު ޗާނދަނީމަގާ ގުޅޭ ކަންމަތީގައި ރޭ އިިދިކޮޅުން ބޭއްވި މުޒާހަރާގައި އިދިކޮޅު ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، އިދިކޮޅު ޕާލިމަންޓްރީގެ ގްރޫޕްގެ ގިނަ ބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ. 30 ހަކަށް ފުލުހުން ވެގެން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވެ މުޒާހަރާގެ ބައިވެރިންވަނީ މަޖީދީމަގުން ހެންވޭރާއިވީކޮޅަށް އަޑުއުފުލަމުން ޕީޕީއެމް އޮފީހާއި ހަމަޔަށް ގޮސްފައެވެ.

މުޒާހަރާގެ ބައިވެރިން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ބޯޑްތައްވެސް ހިފައިގެންނެވެ. ބޯހިޔާވަހިކަމަށް ވީވައުދު ނުފުއްދުމާއި، މިނިވަންކަން ދިފާއު ކުރުމަށާއި، ރައީސް ޞާލިހު ފެއިލްވެއްޖެ ފަދަ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. މީގެއިތުރުން މުޒާހަރާގެ ބައިވެރިން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލަމުންނެވެ. މުޒާހަރާ އެންމެ ހޫނުވެގެން ދިޔަ ގަޑީގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ވަނީ ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސްކައިރިއަށް ގޮސް ޝުއޫރު ފާޅުކުރަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދާދި އަވަހަށް މިސަރުކާރު ވެއްޓޭނެކަމަށެވެ.

"ދިވެހިންގެ އުއްމީދުތައް ހާސިލް ކުރެވޭނީ ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން. އެމަސައްކަތް ކުރުމުގައި ފުލުހުން އެއްބާރުލުން ދެއްވުން އެދެން. ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ފެށުމެއް. މިއީ މިހާރު ވާގިނެތިފައި އޮތް ސަރުކާރެއް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގެ ބައިވެރިވެ ވަޑައިގެން ވާހަކަދެއްކެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާއިލް ވިދާޅުވީ މިނިވަން ދުވަހު ސަރުކާރާއި ދެކޮޅަށް އަޑުއުފުލަންޖެހުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމްދީން ވިއްކާލުމުގެ ކުލަވަރު ފެންނަމުންދާތީކަމަށެވެ. މިކަން ހުއްޓުވުމަށްޓަކައި އިދިކޮޅުން މަގުތަކަށް ނިކުމެ އެންމެ ފަހުމީހާއާއި ހަމަޔަށްވެސް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި އެންމެ ފަހު ނޭވާޔާއި ހަމައަށް މަސައްކަތް ކުރާނަން. މުހިންމީ ޤައުމާއި ވަތަން. މުހިންމީ އިސްލާމްދީން. މުހިންމީ ވަހުދަތު." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މުޒާހަރާ ނިންމާލަމުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއީ ފެށުމެއްކަމަށާއި، މި ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް އޮތީކަމަށެވެ. ދިވެހިރައްޔިތުންގެ މިނިވަންކަން އަނބުރާ ހޯދަން ޕީޕީއެމް އާއި އެކު ރައްޔިތުން ނުކުމެވަޑައިގެންނެވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ކަދުރުދައިތަ

27-Jul-2020

ވެއްޓިއްޖެ ދޯ މިހާރު ރައީސް އަކީ ޔާމީން ނައިބަކަށް އަދުރޭކަލޭލަލަލާކިޔާ


-4

ހަސަނު

27-Jul-2020

ހަނދާން ނައްތަލާ ހުވަފެނަކު ވެސްވާނެކަމެއް ނޫން ތިޔައީކީ


10

ޒަރީރު

27-Jul-2020

މަ ގާތަށް އަންނަނީ ނުލަފާ ހިންޏޭއް ސަރުކާރާ ކުޅެން ބުރާޗާމެން ހާދަ ފޯރިއެއް ވައްކަން ކޮށް ކޮށް މޫލާފަ ތިބިބަޔަކު ދެން ބަލަިގަންނާނެ ބަޔަކު މި ގައުމަކު ނެތް



ޓްރެންޑިން