ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީިޕީގެ ރައީސް ކަމަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން "ރަސް"އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި ނުރަސްމީކޮށް ޝާހިދު މިހާރު ވަނީ އެމްޑީޕީގެ ރައީސް ކަމަށް ކެމްޕޭން ފައްޓަވަައިފަ އެވެ.
ނަމަވެސް ޝާހިދު ރަސްމީކޮށް އެކަމެއް އަދި އިޢުލާނެއް ނުކުރައްވަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ވެސް ނުވެއެވެ.
ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ދުނިޔެއާއި ރާއްޖޭގެ ސިޔާސީ ދާއިރާއަށް ވަރަށް ފަރިތަ، ތަޖުރިބާކާރު ބޭފުޅެކެވެ. ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އދ. އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ނެވެ.
އޭގެ ފަހުން އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ކިޔުންތެރިންގެ ހިޔާލު