ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ މޮންޓެނީގްރޯގެ ދަތުރުފުޅަށް ހަ ލައްކައެއްހާ ރުފިޔާ ހަރަދުވިކަން ރައީސް އޮފީހުން ހާމަކޮށްފި އެވެ.

މިދިޔަ މަހު ފަހުކޮޅު ނާއިބު ރައީސް މޮންޓެނީގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގައި އޮތް ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓްސްގައި ބައިވެރިވެވަޑައިގަތުމަށްޓަކަ އެވެ.

މިދިޔަ މަހުގެ 23 އިން 27 އަށް ނާއިބު ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ބިޒްނަސް ކްލާސްގައި ފަސް ބޭފުޅުން ވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން އާންމުކުރި ހަރަދުތަކަށް ބަލާއިރު ބިޒްނަސް ކްލާސް ޓިކެޓަށް ޖުމްލަ 492،746.10 ރުފިޔާ ހަރަދުވި އެވެ.

އަދި ޕޮކެޓް މަނީގެ ގޮތުގައި އެ ބޭފުޅުންނަށް ހަރަދުގެ ގޮތުގައި 64،638 ރުފިޔާ ހަރަދުވި އެވެ.

އަދި ފަރިއްކޮޅާއި ވިސާގެ ހަރަދާއެކު ޖުމްލަ 589736.65 ރުފިޔާ ހަރަދުވި ކަމަށް ބުނެފައި ވެއެވެ.

މި ސަރުކާރުން ވެރިކަމަށް އައި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފުސީލުތައް ދަނީ ހާމަ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން