ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްޑީޕީއާއި މާދަމާ މަޝްވަރާކުރާނެ ކަމަށް ބުނެފިއެވެ.

އީސީ އިން މިކަން ހާމަކުރީ މިއަދު އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. މަޖިލީހުގެ އިންތިޚާބު ބާއްވާނެ ދުވަހެެއް މިހަފްތާގައި އިޢުލާނުކުރެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން މި ބައްދަލުވުމުގައި ބުނެފައި ވެއެވެ. އީސީން ކުރީގައި ނިންމީ އިންތިޚާބު ބާއްވާ ތާރީޚު މިއަދު އިއުލާން ކުރާށެވެ. އެހެން ނަމަވެސް، އެހެން ސިޔާސީ ޕާޓީތަކާއި އިތުރަށް މަޝްވަރާކުރުމުގެ ބޭނުމުގައި އީސީން ވަނީ އިންތޚާބު ބާއްވާ ތާރީޙު އިއުލާންކުރުން ފަސްކުރަން ނިންމާފައެވެ. އެގޮތުން، މަޖިލީހުގެ އިންތިޚާބު ބާއްވާނެ ދުވަހެެއް މިހަފްތާގައި އިޢުލާނުކުރެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއިން ވަނީ މިއަހަރު ބާއްވާ މަޖިލީސް އިންތިޚާބު ރޯދަމަހުގެ ފަހުން ބޭއްވުމަށް އެދި، އީސީއަށް ސިޓީއެއް ފޮނުވާފައެވެ. އެކަމާއި ގުޅޭ ގޮތުން އީސީން ބުނީ އެމްޑީޕީއާއެކު މާދަމާ 11:30ގައި ބައްދަލުވުމެއް ބޭއްވުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.

މިއަހަރު ރަަމަޟާން މަސް ފެށޭނީ، މާރިޗު 11 ގައެވެ. އަދި ރޯދަމަސް 9 އޭޕްރީލްގައި ނިމޭއިރު ހަރޯދަ ނިމޭނީ، އޭޕްރީލް 16ގައެވެ.

ކޮމިޝަނުން ވަނީ މީގެ ކުރީގައިވެސް ރޯދަ މަހަށްފަހު އިންތިޚާބު ބާއްވަން ކަނޑައަޅައިފިނަމަ ޤާނޫނުގައި ބުނެފައިވާ މުއްދަތަށް އިންތިޚާބުގެ ކަންކަން ނިންމާނުލެވުމުގެ ފުރުޞަތު އޮންނާނެކަން ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން