ޖެންޑަރ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
ޖެންޑަރ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމުކޮށްފިއެވެ.

އިޖުތިމާޢީ ވުޒާރާއިން މިއަދު ބުނީ އެ ވުޒާރާގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމަށް ގާއިމްކުރި ކޯލް ސެންޓަރުގެ ނަންބަރަކީ 1433 ކަމަށެވެ.

އޭގެ އިތުރުން އެވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

1433 ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއްކަމަށް އިޖުތިމާޢީ ވުޒާރާއިން ބުނެއެވެ.

އެގޮތުން މިއަދުން ފެށިގެން، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރު 1:30އަށް ކޯލްސެންޓަރުގެ ނަންބަރު 1433އިން ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް އެވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން