އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން، ފޮޓޯ:ޕީޕީއެމް
އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން، ފޮޓޯ:ޕީޕީއެމް
އިދިކޮޅުން ރޭގައި މާލޭގެ މަގުތަކުގައި ކުރި ސުލްހަވެރި އިހުތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެމީހުން ދޫކޮށްލައިފިއެވެ.

މަޖީދީމަގު، ޗާންދަނީމަގު ގުޅޭ ކަންމަތީގައި ރޭ އިިދިކޮޅުން ބޭއްވި މުޒާހަރާ ހޫނުވެ މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތުމަށް ކުރިމަސައްކަތް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 2 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިދެމީހުން ފުލުހުން ދޫކޮށްލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

"ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ދެމީހުން ވެސް ދޫކޮށްލައިފި. ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުން ތިޔަ ދައްކަވާ ސާބިތުކަމަށް އައްސަރިބަހާއި ސާބަސް ދަންނަވަން." އިދިކޮޅު ކޯލިޝަންގެ ބައިވެރިއަކު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މުޒާހަރާ ނިންމާލަމުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއީ ފެށުމެއްކަމަށާއި، މި ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް އޮތީކަމަށެވެ. ދިވެހިރައްޔިތުންގެ މިނިވަންކަން އަނބުރާ ހޯދަން ޕީޕީއެމާއި އެކު ރައްޔިތުން ނުކުންނެވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން