އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.



ރައީސް މައުމޫން މި މޭރުމުން ވާހަަކަފުޅު ދައްކަވާފައިމިވަނީ ޑްރަގު އެތެރެ ކުރުން ފަދަ ބޮޑެތި ކުށްތަކަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އާޒިމާ ޝަކޫރު ރޭ ވިދާޅުވެފައިވަނިކޮށެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ދީނީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ރާއްޖޭގައި އުފެދުނު އެންމެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫނަކީ ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ތިމަންނަ

27-Jan-2024

އިންސާފުވެރި ސަރީއަތެއްކޮށްގެން މެނުވީ މަރުގެ އަދަބު ދެވިގެން ނުވާނެ



ޓްރެންޑިން