Ugailge Ilthimaas Eh: Verin Jazubaathugai Jehi  Rivethi Basmagun Kassaa Nulavvaa
Ugailge Ilthimaas Eh: Verin Jazubaathugai Jehi Rivethi Basmagun Kassaa Nulavvaa
ސަރުކާރުގެ އިސްވެރިން ޖަޒުބާތުގައި ޖެހިވަޑައިގެން ރިވެތި އުސޫޅުން ކައްސާ ނުލެއްވުމަށް ޕްރޮފެސަރު ހަސަން އުގައިލް އިލްތިމާސް ކުރައްވަައިފި އެވެ.

އުގެއިލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަޚްލާގާއި ބަސްމަގު އެކަށޭ މިންގަނޑެއްގައި އަބަދުވެސް ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަން އުގައިލް ފާހަގަ ކުރެއްވި އެވެ.

"ޖަޒުބާތުގަ ޖެހިގެން ނުވަަތަ އެނޫންވެސް އަމިއްލަ ބޭނުމަށް ހިފެހެއްޓުމެއްނެތި ދޫކޮށްލެވޭ ބަސްތަކުން މުޅި ގައުމަށާއި އާންމު ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ކުރިމަތިވުން ވެސް ކައިރި." އުގައިލް ވިދާޅުވި އެވެ.

އުގެއިލް އެފަދައިން ވިދާޅުވީ ސީދާ ކީއްވެގެން ކަމެއް ވިދާޅެއް ނުވެއެވެ. އަދި މިއީ މި ސަރުކާރުގެ އިސް ބޭފުޅަކަށް އަމާޒުކޮށް ވިދާޅުވި ވާހަކަތަކެއް ކަމެއްވެސް ނޭނގެ އެވެ.

ނަމަވެސް އުގައިލް މިފަފަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް މިސަރުކާރުގެ އިސް ބައެއް ބޭފުޅުން ބޭއަދަބީ ބަސްތަކުން މުހާތަބު ކުރައްވާފައިވާ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން