ރާއްޖޭގެ ނާޒުކު އިޤްތިޞާދަށް ވިސްނާފައި އެހެން ޤައުމުތަކާއި ފައްސިކޮށް ގުޅުންތައް ބާއްވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރް ވިދާޅުވެއްޖެއެވެ.

އަަެްދީބު މިފަދައިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެޤައުމުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުޅުއްވި އިޝްތިހާރަކަށްފަހު ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެމަނިކުފާނަށް ކުޑައިމީސް ބަސްތައް ރައްދުވާގޮތަށް މީސް މީޑިއާގައި ދެއްކެވި ވާހަކަތަޖާ ދެކޮޅަށް އިންޑިއާގެ މީޑިއާގައި ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މިމައްސަލައިގާ އިންޑިއާގެ ޓީވީއަކަށް އަދީބު ވަނީ ޚާއްޞަ ބަސްދީގަތުމެއް ވެސް ދެއްވާފައެވެ.



"އަހަރެމެން ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީ ޤާއިމުކުރީ މެހެމާންދާރީއާއި، އަމާންކަމުގެ މައްޗަށް ބިނާކޮށް. ސްޓްރެޓެޖިކް ޕޮޒިޝަނިންގ އާއި އިންޑިއާގެ ބްރޭންޑްތަކާއި އިންވެސްޓްމަންޓްތަކާ ގުޅިގެން، އަޅުގަނޑުމެންނަށް ކާމިޔާބުކަމާއެކު ރާއްޖެ ޕްރިމިއަރ ލަގްޒަރީ ރިސޯޓް މަންޒިލެއްގެ ގޮތުގައި ޕޮޒިޝަން ކުރެވުނީ. ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ގްރޫޕަކުން ޕީއެމް މޯދީއަށް ފުރައްސާރަކޮށް ނަސްލީ ގޮތުން ތަފާތުކުރުން ގެންގުޅޭ އެއްވެސް ވާހަކައެއް ދެއްކުން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި އިޤްތިޞާދުގެ ނާޒުކުކަމަށް ބަލާއިރު، ހުރިހާ ޤައުމަކާއެކު، ހެޔޮ ގުޅުންތައް އާލާކުރުމާއެކު، އެކުވެރިކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް." އަދީބު ވިދާޅުވިއެވެ.

ސަރުކާރުގެ އޮފިޝަލުން ފާޅުކުރެއްވި ޚިޔާލުތައް ސަރުކާރުން ކުށްވެރިކުރުމުން ކުރީގެ ޓުއަރިޒަމް މިނިސްޓަރުކަން ކުރެއްވި އަދީބު ވަނީ އެކަމަށް ތައުރީފުކުރައްވާފައެވެ. ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުމުގެ އިތުރުން މީސް މީޑިއާގައި މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް ވާހަކަ ދެއްކެވި ދައުލަތުގެ އިސް މަޤާމްތައް ފުރުއްވަމުން ގެންދަވާ 3 ބޭފުޅަކު ސަސްޕެންޑްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން