ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭހެން ދިވެހިންގެ ފަރާތުން އިންޑިއާއާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް މީސް މީޑިއާގައި ރައްދު ކުރި ބަދު ބަސްތަކާއި ގުޅިގެން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޝަހީބް ހާޒިރުވެ ވަޑައިގަތުމަށް އަންގާފައި ވަނީ މިއަދު ހެނދުނު 09:00 އަށެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަދި މަހުޒޫމް މާޖިދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާއި ގުޅިގެން އިންޑިއާގެ ވަރަށް ބައިވަރު އެކްޓިވިސްޓުން އަދި މަޝްހޫރު މީޙުން ވަނީ ރާއްޖެއަށް ފާޑުކިޔާފައެވެ. އަދި ރާއްޖެ ބޮއިކޮޓް ކުރަންވެސް ވަރަށް ގިނަ އެކްޓިވިސްޓުން ވަނީ ގޮވާލާފައެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުންނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.

ސަރުކާރުން ވަނީ އެތިން ބޭފުޅުން ފާޅުކުރެއްވި ޚިޔާލުތަކަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ޚިޔާލުތަކެއް ނޫން ކަމަށް ބުނެ ނޫސް ބަޔާނެއްވެސް ނެރެފައެވެ. އަދި އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

އާންމޮށް ގައުމުތަކުގައި ތިބޭ ސަފީރުން އެގައުމު ތަކުގެ ހާރިޖިއްޔާއަށް ހާޒިރު ކުރަނީ އެސަފީރަކު ތަމްސީލު ކުރައްވާ ގައުމުގައި ހިނގާ މައްސަލައަކާއި މެދު ސަރުކާރުން ހިތްހަމަނުޖެހޭކަން ހާމަކޮށް ސަރުކާރުން އެކަމެއްގައި ދެކޭގޮތް ސާފުކޮށް އިންޒާރު ދިނުން ފަދަ ކަންކަމުގައެވެ.

މިފަދަ މައްސަލަ ތަކުގައި މީގެކުރިން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުވެސް ދިވެހި ޚާރިޖިއްޔާއަށް ހާޒިރުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ީމަތީނު

16-Jan-2024

ރަންގަޅަ ލައްޑޫ އެބަކެވޭ ދޯ.



ޓްރެންޑިން