އިންޑިއާގެ ޓްރެވެލް އެޖެންސީ އަކުން ރާއްޖެއަށް ފްލައިޓް ބުކިންތައް ނެގުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.

ރާއްޖެއަށް ފްލައިޓް ބުކިންތައް ނެގުން ހުއްޓާލާފައިވަނީ "އީޒްމައިޓްރިޕް" ނަމަކަށް ކިޔާ އިންޑިއާގެ ޓްރެވެލް އެޖެންސީ އަކުންނެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ޓްރެވެލް އެޖެންސީގެ ސީއީއޯ ނިޝާންތް ޕިއްޓީ ވިދާޅުވީ ގައުމާއެކު ދެމި ތިބުމުގެ ގޮތުން އެ ޓްރެވެލް އެޖެންސީން ރާއްޖެއަށް ފްލައިޓް ބުކިންތައް ނެގުން ހުއްޓާލާފައިވާ ކަމަށެވެ.



ރާއްޖެއަށް އައުމުގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ޒިޔާރަތް ކުރަން ކެމްޕޭނެއް ފެށުމާއި ގުޅިގެން ޝޯޝަލް މީޑިޔާގައި ދެ ގައުމުގެ މެދުގައި ވަނީ ބޮޑު ކޯޅުން ގަނޑެއް ފެށިފައެވެ. އެމައްސަލަ ހޫނުވީ ލަކްޝަދީޕް ޕްރޮމޯޓުކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަކޮށް ކުރި ޕޯސްޓުތަކާއި ގުޅިގެންނެވެ. އެމައްސަލައިގައި ހިމެނޭ ޑެޕިއުޓީ މިނިސްޓަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން