ރާއްޖެއިން ރަހުމަތްތެރި އަދި އަވަށްޓެރި ޤައުމުތަކާއި ވާހަކަދައްކާނީ އިޚުތިރާމާއިއެކީގައި ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ ޔޫތް މިނިސްޓްރީގެ 3 ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއާއި އިންޑިއާގެ ބޮޑު ވަޒީރާއި ބެހޭގޮތުން ކުޑައިމީސްކޮށް ވާހަކަދެއްކެވުމަކީ އެއީ ދިވެހި ސަރުކާރުގެ ރަސްމީ މުއާމަލާތެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން ރާއްޖެއާއި ރަހުމަތްތެރި އަދި އަވަށްޓެރި ޤައުމުތަކާއި ވާހަކަދައްކާނީ އިޚުތިރާމާއިއެކީގައި ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ބޭރުގެ ލީޑަރުންނާއި އަޅުގަނޑުމެންގެ ގާތް އަވަށްޓެރިންނާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން. އެއީ ދިވެހި ސަރުކާރުގެ ރަސްމީ ޕޮޒިޝަން ދައްކުވައިދޭ ވާހަކަތަކެއް ނޫން. ރާއްޖޭގެ ހުރިހާ ބައިވެރިންނާއެކު، އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ އަވަށްޓެރިންނާއެކު، އިޙްތިރާމާއި ވިސްނުންތެރިކަމާއެކީ ބިނާކުރަނިވި މަޝްވަރާތައް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.



ޒަމީރު މިފަދައިން ވިދާޅުވެފައިމިވަނީ ރާއްޖެއާއި އިންޑިއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން ސަރުކާރުގެ ރަސްމީ ސްޓޭންޑް ހާމަކުރެއްވުމުގެ ގޮތުންނެވެ. އިންޑިއާގެ ލަކްޝަދީބުގެ ފަތުރުވެރިކަމާ ގުޅޭގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުޅުއްވި އިސްތިހާރަކާ ގުޅިގެން އިންޑިއާގެ ބައެއް މީޑިއާތަކުން އެކަމާ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުވައިގެން ގެނެސްދިން ޚަބަރުތަކާއެކު މީސް މީޑިއާގަެި ފެށިގެންދިޔަ މި ބަހުސް ހޫނުވެގެން ދިޔައީ ސަރުކާރުގެ ތިން ނައިބު ވަޒީރުން އިންޑިއާއާއި އަދި ބޮޑުވަޒީރަށް އަމާޒުކޮށް ބަދު ބަސްތައް ވިދާޅުވުމުންނެވެ.

އޭގެފަހުން އިންޑިއާގެ މީޑިއާތަކުން މިމައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުކޮށް ވަރަށްބޮޑު ސިޔާސީ ދެކޮޅުވެރިކަމަކަށް ބަދަލުކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން