އަހުޒަމް އަޙްމަދު   8 ޖެނުއަރީ 2024 - 16:18
ކޭލަކުނު
ކޭލަކުނު
ހދ. ކޭލަކުނު އިކޯ ޓޫރިޒަމަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވަނީ ކޭލަކުނު ތަރައްގީ ކުރާ ޕްލޭންގެ ތަފްސީލު ހާމަ ކުރައްވައިފަ އެވެ.

އެގޮތުން އެ ރަށުގައި ފްލޯޓިން ކޮޓަރިތަކެއް އެޅުމާ ގުޅޭ ގޮތުން ދިރާސާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިމް ވިދާޅުވި ގޮތުގައި އިކޯ ޓޫރިޒަމަށް ތަރައްގީ ކުރާއިރު އެ ރަށުގެ މުރަަކަތަކާއި ފަރުތަކަށް ގެއްލުން ނުވާނެ ގޮތަށް ވެސް ބަލާނެ ކަމަށެވެ،

އެހެންވެ އެކަމާ ގުޅޭ ގޮތުން ދިރާސާ ކުރާއިރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކަމާ ބެހޭ ފަރާތްތައް ވެސް ޝާމިލު ކުރާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ.

ރާއްޖޭގެ ހަމައެކަނި "ހަގީގީ ޖަންގަލީ"ގެ ރަށުގެ ގޮތުގައި މަޝްހޫރުވެފައިވާ ކޭލަކުނަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ކަމަށް ވެއެވެ. ނަމަވެސް އެ ރަށަށް ތަޅާލި ވަރުގަދަ ވިއްސާރައާއެކު 19 ވަނަ ގަރުނުގައި އެ ރަށް ފަޅުވީ އެވެ.

ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ވެސް ހުޅުވާލި އެވެ. އަދި އެކަމާ ގުޅިގެން ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން