އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު
މީސް މީޑިއާގައި ރާއްޖެއާއި އިންޑިއާގެ އެކްޓިވިސްޓުންނާއި ބައެއް އިސް ފަރާތްތަކާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގައިފި އެވެ.

އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ މިއަދު މެންދުރު 12 ޖަހާއިރު އެވެ،

އިންޑިއާ ސަފީރު ހާޒިރުކުރާއިރު ހަމަ އެ މައްސަލައިގައި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ކުޅުއްވި ލަކްޝަދީބުގެ ފަތުރުވެރިކަމާ ގުޅޭ އިސްތިހާރަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަމާޒުކޮށް ފެށިގެން ދިޔަ މި ބަހުސްގައި ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކާއި ގުޅިގެން މުބަހުސް މިހާރުވަނީ ދެގައުމުގެ ސިޔާސީ ގުޅުމާއި ހަމައަށް ތިލަވެފައެވެ. އަދި އިންޑިއާގެ މީސް މީޑިއާ އެކްޓިވިސްޓުންނާއި އެގައުމުގެ މަޝްހޫރު ބައެއް މީހުން ގުޅިގެން މިހާރު ވަނީ ރާއްޖޭގެ ޓޫރިޒަމް ބޯއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭނެއް ވެސް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން