ޖަޕާން ސަރުކާރުގެ އެހީގައި އެން ގެންގުޅުމާ ގުޅޭ ދިރާސާއެއް ފަށައިފި އެވެ،

ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ އެ ދިރާސާގައި ގދ. މަޑަވެލި ކަމަނަދޯނީގެ އެންވަތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ގޮތުން އެންވަތުގެ ލޮނުގަނޑު ދައުރުކުރުމާއި މަރުވެފައި ހުންނަ އެން ވަތަށް ނުފައިބާ ވަތުންނެގޭ ގޮތަށް އެންވަތަށް ބަދަލުގެނެސްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދިރާސާގައި ދެންކުރިއަށް އޮތީ ސައިންޓިފިކްގޮތުން ބަލަންޖެހޭ ކަނތައްތައް ބަލާ މިއީ ކިހާ ކާމިޔާބު ކަމެއްތޯ ދެނެގަތުން ކަމަށެވެ.

އެ ދިރާސާއިން ނަތީޖާ މިހާރުވެސް ފެންނަމުންދާކަން ވެސް މިނިސްޓްރީން ފާހަގަ ކުރިއެވެ.

"އޮޑީގެ ފަރާތުން މައުލޫމާތު ލިބޭގޮތުގައި އެންވަތަށް ގެނެވުނު މިބަދަލުތަކުން މިހާރުވެސް ފެންނަ ނަތީޖާ ވަރަށް ރަނގަޅު."މިނިސްޓްރީން ބުންޏެވެ.

މަސްވެރިކަމުގައި އެމަކީ މުހިންމު ކަމަކަށްވާ އިރު ދޮށީގެ މަސްވެރިކަން ކުރަނީ ދިރޭ އެން ބޭނުންކޮށްގެން ނެވެ.

އެންވެރިކަން ރަނގަޅުކުރަން މީގެ ކުރިން ވަނީ އެންކަނދުފަތިތައް ވެސް ގާއިމުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން