ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ) ކުންފުނީގެ އިސް އޮފިޝަލުންނާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

ރައީސް ސީސީސީސީގެ އޮފިޝަލުންނާއި ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. 2018 ވަނަ އަހަރު އިފްތިތާހުކުރި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސީސީސީސީންނެވެ. ރައީސް ސީސީސީސީގެ އޮފިޝަލުންނާއި ބައްދަލުކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ދައުވަތަކަށް ޗައިނާއަށް މިވަގުތު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު އެމަނިކުފާނު ވަނީ ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ޝިއަމެން ފްރީޓްރޭޑް ޒޯނަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން