ބަންޑާރަ ނައިބު އަޙްމަދު އުޝާމް ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިމާރާތްތަކުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

މިއަދު ކުރެއްވި މި ޒިޔާރަތުގައި އުޝާމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް، ހިސާން ހުސެއިން އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންވެސް ބައިވެރިވެޑައިގެންނެވިއެވެ.

ކްރިމިނަލް ކޯޓުގެ ޢިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އުޝާމް ވިދާޅުވެފައި ވެއެވެ. ކްރިމިނަލް ކޯޓްގެ މަސައްކަތްތައް މަޑުޖެހިފައިވަނީ މި މަސް ތެރޭގައި ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން