ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަދު މި ފެންނަނީ ތަޖުރިބާ ނެތް ކަމުގެ ނަތީޖާ ކަމުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ އިސް ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގަ ފުރަތަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލު މިފަދައިން ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ބޮޑަށް ދެކެވެމުންދާ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއަށް ބަދުބަސް ބުނުމުގެ މައްސަލައަށް އިޝާރާތްކުރައްވައެވެ.



ޖަމީލު ވިދާޅުވީ ނިމިދޔަ އަހަރު އޮތް ވެރިކަން ރައްޔިތުން ބަދަލްކުރީ ރައީސް ޔާމީނުގެ މެނިފެސްޓޯއަށާއި އެމަނިކުފާނަށްޓަކައި ކަމަށެވެ. އެމަނިކުފާނުގެ ދުރުވިސްނުމަށާ، ތަޖްރިބާއަަަށް އިތުބާރުކޮށްފައި ރައްޔިތުން އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ބަދަލުކުރިކަމަށް ޖަމީލު ވިދާޅުވިއެވެ.

ޔޫތް މިިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންނަށް އަމާޒުވަމުންދާ ފާޑުކިޔުމަށް އިޝާރާތްކުރައްވާ، ޖަމީލު ވިދާޅުވީ މިއަދު ފެންނަމުން ދަނީ ތަޖްރިބާ ނެތްކަމާއި ކިބުރުވެރިކަމުގެ ނަތީޖާ ކަމަށެވެ.

ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ޑރ. ޖަމީލަކީ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލުގެ އިތުރުން މިހާރު ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން