މާލޭ މަގުމަތި. (ފޮޓޯ: ފަހީމު، ރަސް އޮންލައިން)
މާލޭ މަގުމަތި. (ފޮޓޯ: ފަހީމު، ރަސް އޮންލައިން)
ޕާރކްކުރާނެ އެކަށީގެންވާ ޖާގެ ނެތް ޙާލަތުގައި ޕާރކިންގ ސްޓިކަރ ތަންފީޒުކުރުން މަޑުޖައްސާލާފައިވާކަމަށް ޕުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، މާލެ ސަރަހައްދުގެ ދުއްވާ އެއްގަމު އުޅަނދުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށްވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމާއި، ވެހިކަލް ޕާކިން އަށް ހާއްސަ އިމާރާތްތަކެއް ގާއިމުކުރަން ރާވާފައިވާކަން މިސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، ޕާކިން ބިލްޑިންތައް ހެދެންދެން ސްޓިކާ ޖެހުމާއި ވެހިކަލް ޓޯ ނުކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ ވިދާޅުވެފައެވެ.

ސީޕީ ވިދާޅުވީ މާލެ ސަރަހައްދުގެ ދުއްވާ އެއްގަމު އުޅަނދުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތްކުރާއިރު، ވެހިކަލް ތަކުގައި ސްޓިކަރ ޖެހުމާއި، ޓޯ ކުރުމާއި، ޖޫރިމާނާ ކުރުމަކީ ހައްލުނޫން ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ކަމާ ބެހޭ ވުޒާރާ ތަކާއެކު މަސައްކަތްކުރަމުން ދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން މުހިންމީ އުޅަނދު ފަހަރަށް ބޭނުންވާ ޕާކް ކުރެވޭނެ ސަރަހައްދުތައް އިތުރުކޮށް، ހަދަން ޖެހޭ ޕޮލިސީތައް ހަދައި، އުޅަނދު ދުއްވާ ފަރާތްތަކުންވެސް ޒިންމާދާރުވެ ޑިސިޕްލިންވެ ރައްކާތެރި މާހައުލެއް ބިނާކުރުމަަށް މަސައްކަތްކުރުން ކަމަށް ސީޕީ ޝުޖާއު ފާހަގަކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން