ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ތަހުނިޔާ ވިދާޅުވެ، އެކަމަނާގެ ލީޑަޝިޕް ފާހަގަކުރައްވާފައިވެއެވެ.

މީީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝްގެ ދިގު ތާރީޚީ ގާތް އަވަށްޓެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ، ދެގައުމުގެ ގުޅުން ދެމިއޮތީ ދެގައުމުންވެސް ކުރާ އިޚުތިރާމާއި، އެކުވެރިކަމުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވާލައްވަމުން ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ލީޑަޝިޕްގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުމަކީ ދެގައުމުގެ ތަނަވަސްކަމާއި ދެގައުމަށް ވެސް ފައިދާ ކުރާނެ ގުޅުމެއް ކަމަށް ވިދާޅުވެފަައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން