އަންނަ ހޮނިހިރު ދުވަހު ބާއްވާ މޭޔަރުގެ އިންތިހާބު ކާމިޔާބުކުރަން ސަފުތައް ބަދަހިކުރަން ކޮންގުރެސް ޕާޓީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު އެދިވަޑައިގެންފިއެވެެ.

އާޒިމާ މިހެން ވިދާޅުވީ މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމާ ވަނީ ސަރުކާރު ކޯލިޝަންގެ ސަފުތަކުގެ ބަދަހިކަމާއެކު ބޭއްވުމަށް އެދިވަޑައިގެންފައެވެ. އާޒިމާ ވިދާޅުވީ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް މިވަގުތަކީ ސަރުކާރު ކޯލިޝަން އެއް ސަފެއްގައި ބަދަހިކަމާއެކު އޮތް ކަން ރައްޔިތުންނަށް ހާމަކުރަންވީ ވަގުތު ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހުރި ގޮންޖެހުންތަކުގެ ކުރިމަތީގައި އެންމެންނަަށް އެއް ސަފެއްގައި މި ސަފުތެރެއަށް މީހަކަށްވަދެ ނުލެވޭގޮތަށް ރުކުރުވާލެވިއްޖެ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އަމާން ރީތި ނަލަ ދަތުރަކާއެކު އަޅުގަނޑުމެންގެ ވިޝަން ރައީސް މުޢިއްޒުގެ ވިޝަން އަޅުގަނޑުމެންގެ ޓީމުން ކާމިޔާބުކުރާނެ،" އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ ކިތަންމެ ގިނަ ގޮންޖެހުންތައް ކުރިމަތި ކުރި ނަމަވެސް އެކަމަނާ އާއި ޓީމު ފަހަތަށް ނުޖެއްސޭނެ ކަމަށާއި އެކަމަނާ ޓީމު އޮތީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އަދި މޭޔަރުގެ އިންތިހާބާއި ކައުންސިލްގެ ގޮނޑިތައް ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެކަަމަނާ ވިދާޅުވީ މޭޔަރުގެ އިންތިހާބަކީ ސަރުކާރަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެެ. އެ އިންތިހާބު މުހިންމުވަނީ މާލެ އަކީ ރާއްޖޭގައި ހުރި ހުރިހާ މައްސަލަތައް ހައްލު ކޮށް ރައީސްގެ ވިޝަން ކާމިޔާބުކުރަން އޮތް އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ މަރުހަލާ އަށް ވާތީ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެންކަމުން ރައީސްގެ ވިޝަން ކާމިޔާބުކުރުމުގެ ދަތުރު ނިއްމާލުމަށް އިންތިހާބު މުހިންމު ކަމަށް އާޒިމާ ވިދާޅުވިއެވެ.

"މިހާ ހިސާބަށް ދިޔައިރު މި ކުރެވުނު މަސައްކަތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައި އެމަސައްކަތް އަޅުގަނޑުމެންނަށް ފުރިހަމައަށް ކާމިޔާބު ކުރެވޭނީ މި އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެވިގެން،" ކުރިން ބަންޑާރަ ނައިބް ކަން ކުރެއްވި އާޒިމާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން