ފޮޓޯ: ޓްވިޓާ ހޭންޑްލް
ފޮޓޯ: ޓްވިޓާ ހޭންޑްލް
ކޭލަކުނުގައި އީކޮކެއާ ޓުއަރިޒަމް ތަރައްގީނުކުރުމަށް ސަރުކާރުބް ނިންމާފައިވާ ނިންމުން ކުރިއަށް ނުގެންދިއުމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކުރާ އީކޯ މޯލްޑިވްސްއިން އެދިއްޖެއެވެ.

އީކޮކެއާ މޯލްޑިވްސްއިން މިގޮތަށް އެދުނީ ވަރަށް ފަހުން މި ސަރުކާރުން ކޭލަކުނުގައި އީކޯ ޓޫރިޒަމް ތަރައްގީކުރަން އިޢުލާން ކުރުމާއި ގުޅިގެންނެވެ.



"ކޭލަކުނަކީ މުހިންމު ގުދުރަތީ ތަރިކައެކެވެ. އެ ޖަޒީރާއަކީ ބަޔޯސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ޖަޒީރާއެކެވެ." އީކޮކެއާ މޯލްޑިވްސްއިން ބުނެފައި ވެއެވެ.

ކޭލަކުނު ފަދަ ފަޅުރަށްރަށުގައި މީހުން ދިރިއުޅެން ފެށުމުން އެތަނުގެ ގުދުރަތީ ރީތިކަމަށް އުނިކަމެއް އައުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް އީކޮކެއާ މޯލްޑިވްސް އިން ބުނެއެވެ.

މި ސަރުކާރުން އެ ރަށުގައި ފްލޯޓިން ކޮޓަރިތަކެއް އެޅުމާ ގުޅޭ ގޮތުން ދިރާސާ ކުރަން ނިންމާފައިވާ ކަމަށް ދާދިފަހުން ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި އިކޯ ޓޫރިޒަމަށް ތަރައްގީ ކުރާއިރު އެ ރަށުގެ މުރަަކަތަކާއި ފަރުތަކަށް ގެއްލުން ނުވާނެ ގޮތަށް ބަލާނެއެެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން ދިރާސާ ކުރާއިރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކަމާ ބެހޭ ފަރާތްތައް ވެސް ޝާމިލު ކުރާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ.

ރާއްޖޭގެ ހަމައެކަނި "ހަގީގީ ޖަންގަލީ"ގެ ރަށުގެ ގޮތުގައި މަޝްހޫރުވެފައިވާ ކޭލަކުނަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ކަމަށް ވެއެވެ. ނަމަވެސް އެ ރަށަށް ތަޅާލި ވަރުގަދަ ވިއްސާރައާއެކު 19 ވަނަ ގަރުނުގައި އެ ރަށް ފަޅުވީއެވެ.

ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހުޅުވާލިއެވެ. އެކަމާއި ގުޅިގެން ޔާމީންގެ ސަރުކާރަށްވެސް ބޮޑެތި ފާޑުކިއުންތައް އަމާޒުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން