މިހާރު ހިލިގެން އުޅޭ ލަކްޝަދީބްުގެ މައްސަލައިގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދިވެހި ސަރުކާރުން އޮތީ އެދިފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އެކަން ހާމަ ކުރި ނޫސްތަކުގެ ތެޜޭގައި އިންޑިއާގެ ސަރުކާރާއި ވަރަށް ގާތް ގުޅުމެއް އޮންނަ ވިއޯން ނިއުސް ހިމެނެ އެވެ. އެ ނޫހުން އެކަން ހާމަކުރި އިރު އިންޑިއާއަށް މުއިއްޒު ވަޑައިގަންނަވަން އުޅުއްވާކަމަށް ކުރިން ވެސް އަޑުފެތުރިފައި އޮތެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. އިންޑިއާގެ ނޫސްތަކުން ވެސް އެ ދަތުރުފުޅާ ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ނުދެއެވެ. އަދި އެމައުލޫމާތު ލިބުނީ ކޮން ގޮތަކަށް ކަމެއްވެސް ބުނެފައެއް ނެތެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ރާއްޖެއިން ބޭރަށް ކުރަށްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމަކީ މިފަހުން ގެންގުޅެމުން އައި ސަގާފަތެކެވެ.

ރައީސް މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ތުރުކީވިލާތަށެވެ. އޭގެ ފަހުން ޔޫއޭއީއަށް ވަޑައިގެންނެވި އިރު މިހާރު ހުންނެވީ ޗައިނާގަ އެވެ. މިއީ ރައީސް މުއިއްޒު ކުރަށްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އިންޑިއާއަށް ރަސްމީ ޒިޔާރަތެއް ނުކުރެއްވި ނަމަވެސް ދުބާއީގައި އޮތް ކޮޕް ސަމިޓްގެ ހަވާސާގައި މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފަ އެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން