ސަސްޕެންޑްކޮށްފައިވާ ތިން މިނިސްޓަރުން--
ސަސްޕެންޑްކޮށްފައިވާ ތިން މިނިސްޓަރުން--
ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ އޮފިޝަލުން މަގާމުން ވަކިކުރަން އިންޑިއާއިން ޑިމާންޑް ކުރަމުންދާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ދެއްކެވި ވާހަކަތައް ހޫނުވެ އެ ތިން ބޭފުޅުން ސަސްޕެންޑްކޮށްފައި ވާއިރު އިންޑިއާގެ މީސް މީޑިއާ އެކްޓިވިސްޓުންނާއި އެ ގައުމުގެ މަޝްހޫރު ބައެއް މީހުންނާއި މީޑިއާތަކުން ވަނީ މިކަމާ ރުޅިގަދަވެ ރާއްޖެއާ ދެކޮޅަށް ތެދުވެފައެވެ.

މިމައްސަލައިގައި އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްވެ އެ ގައުމުން އިއްޔެ ވަނީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝިހާބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

އިންޑިއާގެ "ހިންދުސްތާން ޓައިމްސް"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބައްދަލުވުން ކުރިއަށް ދިޔައީ އެންމެ ހަތަރު މިނެޓަށެވެ.

އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު ހީނަރުވި ގުޅުން ރުޖޫއަ ކުރުމަށް ތިން މިނިސްޓަރުން މަގާމުން ދުރުކުރުމަށް އެދިފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.

ތިން މިނިސްޓަރުން ދެއްކެވި ވާހަތަކަކާ ގުޅިގެން ސަރުކާރުން ބަޔާން ނެރުނު ނަމަވެސް ރައީސް ޑރ، މުހައްމަދު މުއިއްޒު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެންވެ ރައީސް މުއިއްޒު ސީދާ އެއްޗެއް ވިދާޅުނުވާތީ ވެސް އިންޑިއާގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ސަރުކާރުގެ އޮފިޝަލުންތަކެއް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދައްކަން ފެށީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މޯދީ ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ. މި ކެމްޕެއިނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދިވެހިން ވެސް ދަނީ ޚިޔާލުފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން