މޯލްޑިވިއަންއިން ބޭނުންވާ ބީ787-8 ގެ ބޯޓެއް--
މޯލްޑިވިއަންއިން ބޭނުންވާ ބީ787-8 ގެ ބޯޓެއް--
ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ބޭނުންވަނީ ބޮއެން ކުންފުނީގެ ބީ787-8 މަރުކާގެ ބޯޓެއް ކަމަށެވެ.

އަދި އެ މޮޑެލްގެ ބޯޓެއް ލީސްކުރުމަށް ޕޮރޮޕޯސަލް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ މޮޑެލްގެ ބޯޓު ބޭނުންވަނީ ހަ އަހަރު ދުވަހަށް ލީސްއަށް ނަގަން ކަމަށެވެ.

ދުނިޔޭގެ ގިނަ އެއާލައިންތަކުން މަތިންދާބޯޓުތައް ލީސްކޮށް ނަގައިގެން އޮޕަރޭޓްކޮށް ހަދައެވެ.

މި ސަރުކާރުގެ ތަސައްވަރުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އަންނަ މަންޒިލުތައް އިތުރުކުރަން ހިމެނެ އެވެ.

އެހެންވެ ދުރު މަންޒިލްތަކަށް ދަތުރުުރާއިރު ވައިޑް ބޮޑީ އެއާކްރާފްޓްތައް ބޭނުންކުރަން މޯލްޑިވިއަނުން ވަނީ ޕްލޭންކޮށްފަ އެވެ.

ވައިޑް ބޮޑީ އެއާކްރާފްޓް ގެންނަން ނިމިގެން ދިޔަ ސަރުކާރުގައި ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭގެ އަމަލީ ސިފައެއް ނުފެނުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން