ހުޅުމާލޭގައި ވިޔަފާރި މަރުކަޒެއް ތަރައްގީކުރުމަށް 50 މިލިއަން ޑޮޮލަރުގެ މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކޮމާޝަލް ސްޕައިންގެ ނަމުގައި ހުޅުމާލޭގެ ޓޫރިޒަމް ޒޯނު، "އާބަން އައިލް" ގައި ގާއިމުކުރާ މިމަޝްރޫޢުގެ މަސައްކަތް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ ހަވާލުކޮށްފައިވަނީ މިއަދުއެވެ. މި މަޝްރޫއުގައި ސޮއިކުރީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެއަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ދަށުން ކޮމަރޝަލް ހަތް އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ގުޅުވާލައިގެން ހަދާ މި ހަތް އިމާރާތް ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައެވެ. އެގޮތުން މި 7 އިމާރާތުގެ ތެރެއިން ކޮމާޝަލް ހަ އިމާރާތާއި ސަޕޯޓިން ހިދުމަތްތައް ދޭން ހަދާ އިމާރާތެއް ހިމެނެއެވެ.

މިއިމާރާތްތައް ގާއިމުކުރެވިގެން ދާއިރު އެތަންތަން ވެގެން ދާނީ އެކި ވިޔާފާރިތަކަށް ބޭނުން ކުރެވޭ ފިހާރަތަކާއި ވެލްނެސް ހިދުމަތްތަކާއި މުނިފޫހިފިލުވުމަށް ބޭނުންކުރެވޭނެ ހިދުމަތްތަކުގެ އިތުރުން ބޭންކިންގެ ހިދުމަތްތައްވެސް ފޯރުކޮށްދެވޭނެ ފެންވަރަށް ހެދިގެންދާނެ އިމާރާތްތަކަށެވެ. މިއާއެކު އެސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރެވިގެން ދާނެ ކަމަށް ވެސް ސަރުކާރުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން