ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫ ޖޮއުގައި ހުންނަ ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަނަށް ޒިޔާރަތްކުރައްވައި އެ ކޯޕަރޭޝަންގެ މަސައްކަތްތައް ބައްލަވާލައިފިއެވެ.
މި ޒިޔާރަތުގައި، ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަންގެ ފަރާތުން ވަނީ ކުންފުނީގެ މަސައްކަތްތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުންނަށް އެކުންފުނީގެ މަސައްކަތްތަކާއި އުފެއްދުންތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

H.E. President Dr @MMuizzu & H.E. First Lady Sajidha Mohamed visited the Hongdong Fishery Co. Ltd. and toured the place. The representatives from the company made an introductory video presentation about the company and briefed them about their products and management. pic.twitter.com/VAXMq5zi0B
— The President's Office (@presidencymv) January 9, 2024
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު