މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއަރޕާސަންގެ މަގާމަށް އައިމިނަތު ހަމީދު އައްޔަނުކޮށްފިއެވެ. މިއީ އެމްޕީއެލްގެ ތާރީޚުގައި އަންހެން ޗެއަރޕާސަނެއް އައްޔަނުކުރި ފުރަތަމަ ފަހަރެވެ.

އައިމިނަތު ހަމީދަކީ މީގެ ކުރިން ރީޖަނަލް އެއަރޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމާއި، އެސިސްޓަންޓް ޑިރެކްޓަރގެ މަގާމުގެ އިތުރުން އަންޑަރ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައިވާ ކަނބަލެކެވެ. މީގެއިތުރުން ތިލަފުށީ ކޯޕަރޭޝަންގެ ބޯޑް މެމްބަރެއްގެ ހައިސިއްޔަތުންވެސް އައިމިނަތު ހަމީދު ވަނީ މަސައްކަތް ކުރައްވާފައެވެ.

އައިމިނަތު ހަމީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކުރައްވައި، އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން