މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދައްކާނެ ކަމަށާ މިފްކޯ އިން ބުނެފި އެވެ.

މިފްކޯއިން ބުނީ ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް 200 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން