ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓްއިން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް އެ އޮފީހުން ލަފާކޮށްފައި ވެއެވެ.

ވީމާ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ހިނގާފާނެ ހާދިސާތަކަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ. މެޓް އޮފީހުން ބުނީ ރާއްޖެއަށް ޢާންމުކޮށް ވިއްސާރަކުރާ މިންވަރަށްވުރެ އިތުރަށް މި ހިނގަމުންދާ މަސް ތެރޭގައި ވާރޭ ވެހޭނެ ކަމަށެވެ.

"މި މަސް ތެރޭގައި ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވާނެކަމަށް ބެލެވޭ." މެޓް އޮފީހުން ބުނެފަވެއެވެ.

މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވޭ ކަމަށްވެސް އެ އޮފީހުން ލަފާކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން