ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްސަލަ ކުރިއަށްނުދާ ސަބަބު އޮޅުން ފިލުވަން މިއަދު މެންދުރު ހައި ކޯޓަށް ދާނެ ކަމަށް ކުރީގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ސަޕޯޓަރުން އެމަނިކުފާނު މިނިވަންވުމަށް އެދެމުންދާ ކަމަށެވެ. މިދިޔަ އަހަރު ތެރޭގައި ބޭއްވި ރިޔާސީ އިންތިޚާބު ނިމުނު ފަހުން ޔާމީން ވަނީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް، އެމަނިކުފާނަށް އެއަށްވުރެ ގިނަ ލުއިތައް ލިބިވަޑައިނުގަންނަވާތީ ޔާމީންގެ ސަޕޯޓަރުން އަދި އަރިސް ބޭފުޅުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.



މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހައި ކޯޓު ރިސެސްއަށް ދިޔައީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ގޮތެއް ނުނިންމަައެއެވެ. ކޯޓުތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުން ޑިސެމްބަރުމަހު ސްޕްރީމް ކޯޓުވެސް އޮންނާނީ ރިސެސްގައެވެ.

ހައިކޯޓު ރިސެސްއަށް ދިޔައިރު، ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. އެ މައްސަލާގައި ދެން އޮންނާނީ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެވެ.

ހައިކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، ކޯޓްގެ ފަނޑިޔާރުން ބޭނުންނަމަ ޙުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސްތައް ކުރިއަށްގެންދެވޭނެ ކަމަށް ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ވަނީ ނިންމާފައެވެ.

ހައި ކޯޓް ރިސެސްއަށް ދިޔަ މުއްދަތު މިހާރު ނިމި ކޯޓުގެ މަސައްކަތްތައް ފަށާފައިވީ ނަމަވެސް، އަދިވެސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދާނެ ދުވަހެއް ތާވަލުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން