އަހުޒަމް އަޙްމަދު   10 ޖެނުއަރީ 2024 - 14:34
ފޭކު ޑޮލަރުތަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދޭ ގޮތުގައި އެ މައްސަަލައިގައި ހައްޔަރުކުރީ އުމުރުން 57 އަހަރުގެ ދިވެހި ފިިރިހެނެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާގޮތުގައި ހެކީގެ ގޮތުގައި އެ ފިިރިހެން މީހާ ގެންގުޅުނު ޑޮލަރުތަކުގެ ފޮޓޯތައް ވެސް ހުށަހެޅި އެވެ.

ނަމަވެސް ޑޮލަރު ގެންގުޅުނު މީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނާގޮތުން އެ ޑޮލަރުތަަކަކީ މަގުމަތިން ފެނުނު ކޮތަޅެއްގެ ތެރޭގައި ހުރި ޑޮލަރު ތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން