ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައިވާ މަންޒަރު ފެންނަ ސްކްރީންޝޮޓެއް
ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައިވާ މަންޒަރު ފެންނަ ސްކްރީންޝޮޓެއް
ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފި އެވެ.

ޖުވެނައިލް ކޯޓުވެ ވެބްސައިޓް ހެކްކޮށް އެއަށް ލާފައިވާ ލިއުމެއްގައި ބުނީ ވެބްސައިޓް ހެކްކުރީ އިންޑިއާގެ ހެކަރުން ކަމަށެވެ.

އަދި މިއީ އިންޑިއާއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ކުރި ކަމެއް ކަމަށާއި އަދި މިއީ ފެށުމެއް ކަމަށް ބެލުމަށް ބުނެފައި ވެއެވެ. އަދި އިތުރަށް މިކަން ބަލައިނުގަންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަ އެހެންމެ ރާއްޖެއަށް އިންޑިއާއިން ވެދީފައިވާ އެހީތައް ހަނދާން ކުރުމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ވެބްސައިޓްތައް ހެކްކުރަމުންދާ އިރު މި ސަރުކާރުން ދަނީ ސައިބަ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީ އަދި އެހެނިހެން ގައުމުތަކުގެ އެހީ ހޯދަން މަސައްކަތް ކުރަމުން ނެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު މައްސަލަ ހޫނުވީ ސަރުކާރުގެ އޮފިޝަލުންތަކެއް އިންޑިއާއަށް ކުޑައިމީސްކޮށް އެކްސްގައި ވާހަކަދެއްކުމާ ގުޅިގެންނެވެ. މިމައްސަލަ ފެށުނީ އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯއެއް ބޭނުންކޮށްގެން އިންޑިއާގެ ބައެއް މީޑިއާތަކާއި މީސް މީޑިއާ އެކްޓިވިސްޓުން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިންތަކުގެ ސަބަބުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން