ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އެ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫއާ ގުޅާލާ ބްރިޖު ހެދުމަށް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.

ބުރިޖު ހަދަން ޕްރޮޕޯސަލް ހުށަހެޅިކަން ހާމަކުރެއްވީ މިހާރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އުޅުއްވާ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްަތަލިބު އެވެ.

އައްޑޫގައި ބުރިޖެއް އަޅައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ކެމްޕޭން ތެރޭގައި ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ވައުދާ އެއްގޮތަށް އޭގެ އިދާރީ މަސައްކަތްތައް މި ސަރުކާރުން ވެރިކަމާ ހަވާލުވުމާއެކު ވަނީ ފަށައިފަ އެެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ އައްޑޫ ބުރިޖު އެޅުމަށް ކުންފުންޏަކުން ޕްރޮޕޯސަލެއް ހުށަހަޅާފައިވާއިރު ޗައިނާގެ ކުންފުނިތަކުން ވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

އަދި މިހާރު ލިބިފައި އޮތް ޕްރޮޕޯސަލް ދިރާސާކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްްގައި ގދ، ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ބުރިޖުގެ މަޝްރޫއަށް ވެސް ޗައިނާގެ އިންވެސްޓަރުން ހޯދުމަށް ވަނީ ހުށަހަޅައިފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން