ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ އެދާއިރާއިން މީހުން ބިނާ ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެެވެ.

ފިޝްރީޒް މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓު ގުޅިގެން ހިންގާ އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ 08 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މަނިޔަފުށީ ގައެވެ.

އެ ޕްރޮގްރާމްގެ ދަށުން 15 ފަރާތެއް ތަމްރީން ކުރާނެ އެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން