ލާދީނީ މީހުންނާއި ދީނީ ހައްދު ފަހަނައަޅާ މީހުން ނުހުއްޓުވުމަކީ މިސަރުކާރުގެ ނާޤާބިލުކަން ހާމަވެ ސަރުކާރު ފެއިލްވެފައިވާ މަންޒަރު ހާމަވާކަމެއްކަމަށް ޕީޕީއެމްގެ ތަރުޖަމާން އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ ވަރަށްވެސް ބިރުވެރި ހާލަތެއްގައި ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ މާރިޔާދީދީ މީޑިޔާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާ ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސުގެ ބޭނުންކޮށް ސަލާމަތީ ބާރުތަކުގެ ވެރިޔަކަށް ހުންނެވި ބޭފުޅާއަށް ލާދީނީ މީހުންނާއި ދީނީ ހައްދު ފަހަނައަޅާ މީހުން ނުހުއްޓުވުމަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.

މިސަރުކާރުގެ ކޮންމެ ދިމާލަކަށް ބަލައިލުމުންވެސް ފެނިގެންދަނީ ދީނާއި ޚިލާފް ކަންކަމަށް ހިއްވަރުދީ، ލާދީދީ ކަންކަން ކުރެވޭނެ މަގު ކޮށައިދެމުންދާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މިއަދަކު އިއްޔެއަކު ހިނގަމުންދާކަމެއް ނޫންކަމަށާއި، މިއީ ދުރާލައި ރޭވިގެން ހިންގަމުންދާ ކަންތައްތަކެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އިންޓަލިޖެންސް އެންމެ ފުރިހަމަ ގޮތުގައި، ބޭނުންކޮށް ލާދީނީ މީހުންނާއި ދީނީ ހައްދު ފަހަނައަޅާ މީހުން ނުހުއްޓުވުމަކީ މިސަރުކާރުގެ ނާޤާބިލުކަން. ފެންނަނީ ލާދީނިއްޔަތަށް ހިއްވަރުދޭ މަންޒަރު. ހުރިހާ ދާއިރާއަކުންވެސް ސަރުކާރު އޮތީ ފެއިލްވެފަ." ޝުޖާގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އޮތްމިންވަރާއި ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ އެހެން ގައުމުތަކާ އަޅައި ބަލާއިރު ވަރަށްވެސް ބިރުވެރި ގޮތަކަށް ކަމަށެވެ. ރާއްޖޭގެ ހުރިހާ އެންމެންނަކީވެސް މުސްލިމުން ކަމަށާއި ފެނިގެން މިދަނީ މުސްލިމުން ދަރަޖަ ކުރަމުން ގެންދާ މަންޒަރު ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ދިވެހިވަންތަ އެއްވެސް ކަމެއް ގަބޫލު ނުކުރާ ކަމަށާއި އެމީހުން ދައްކައިދެނީ އެއީ ވަކި ދައުލަތެއްގެ ގޮތުގައި ކަމަށެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރިވާ ނެޓްވޯކެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން މިހަފްތާގައި ނެރުނު ރިޕޯޓެއްގައިވެސް ވަނީ ބުނެފައެވެ. އެ ރިޕޯޓުގައިވަނީ ރާއްޖޭގައި އައިއެސްއަށް ވާގިވެރިވާ ފަރާތްތަކަކާ އެކު އެ ޖަމާއަތުން ރާއްޖޭގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު މޮނިޓަރިން ޓީމަށް ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ އޭޕްރީލް މަހު އދ. މަހިބަދޫ ފަޅުގައި ހުރި ލޯންޗްތަކެއްގައި ރޯކޮށްލުމަކީ އައިއެސް އިން ރާއްޖޭގައި ހިންގި ފުރަތަމަ ޓެރަރިސްޓް ހަރަކާތް ކަމަށާއި އެ ހަމަލާއަކީ ހައްދުފަހަނާއަޅާފައިވާ މީހުންނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށުމުން ދިން ހަމަލާއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެހަމަލާތައް އައިއެސްއާއި ގުޅުވައިގެން އެކަން ކަށަވަރުކޮށް މުޅި ދުނިޔެއަށް ހާމަކޮށްދިނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންނެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް އިނގިރޭސިބަހުން ޓްވީޓްކުރައްވައި ޔަގީންކަމާއެކު މީޑިއާތަކަށް އެފަދަ މައުލޫމާތު ތައް ދެެއްވާފައިވަނީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާއި ފުލުހުންގެ އިސް ވެރީންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވި މެސެޖުގައިވެސް އެންމެ މުހިންމު ކަމެއް ދެއްވައިގެން ސަމާލުކަމަށް ގެންނަވާފައިވަނީ ރާއްޖޭގައި އައިއެސްގެ ބާރުތައް ހަކާތްތެރިވާކަމުގެ ވާހަކައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓި އިގުތިޞާދު ފުނފުނޑުވެފައިވާ ދަނޑިވަޅެއްގައި އެސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމުގައި މި ޚަބަރުތަކާ ގުޅިގެން ޚިޔާލުފާޅުކޮށްފައވާ އާންމުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ބޭރު

28-Jul-2020

ހަރުކަށި ފިކުރު އެބައޮތް. އެވާހަކަ ދައްކަނީ މަޑުކަށި ފިކުރުގެ ޟީހުން ގިނަވެގެން އެކަން އޮއްބާލަން. އެއީ ދީން ގަބޫލުނުކުރާމިހުންނާ , އިސްލާމް ދިޏާށް ފުރައްސަރަކޮށް އެދީނުގެހުކުމްތކަށް ފާޅުގައި ގޮންޖަހާ މީހުން. އޭގެތެރޭން ގިނައ މީހުން ސަޕޯޓްކުރަނީ އެމް.ޑީ.ޕީއަށް . އަދި ބައެއް މީހުންނަކީ މަޖްލިސް މެމްބަރުން. މަޖްލީސްގެ ރާއިސް ނާއިބު ރައީސްއަކީ ލާދީނީ މިހުންކަން ބަހައި އަމަލުން އިނގޭނެ. ޓޫ ޕީސް ލައިގެން ޕަބްލިކް އުޅޫ މީހހުން މުސްލިމުގައުމުއްގެ ނގާނޏުނު ހަދާ ނަޖްލިސްގައި ބައިންދަން ހެޔޮނުވާނެ. ޕާޓީއަށް އަޅުދާސްވިޔަސް ބޯދުވަރު



ޓްރެންޑިން