ޗައިނާއާއި ދިވެހިރާއްޖެ އާއި ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މިއެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް އަދި، އެގައުމުގެ އިސްވެރިންގެ އިތުރުން ރައީސް ޑރ. މުއިއްޒުއާއެކު ޗައިނާއަށް ވަޑައިގެންނެވި ރާއްޖޭގެ ވަފުދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ސޮއި ކުރެވުނު 20 އެއްބަސްވުމުގެ ތެރޭގައި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަން، އަދި ކާރިސާތައް މަދުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށާއި ގްރީން ޑިވެލޮޕްމަންޓް އެމްއޯޔޫ އަކާއި ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމާއި ސޯޝަލް ހައުސިން އާއި އެއާޕޯޓް ތަރައްގީ ކުރުމުގެ އެމްއޯޔޫއެއް ހިމެނެއެވެ.



މީގެއިތުރުންވެސް އެކި ދާއިރާތައް ކުރިއެރުވުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވީ ނަމަވެސް، އަދި ހުރިހާ އެއްބަސްވުމުގެ ތަފްސީލުތަކެއް ދެގައުމުންވެސް ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން