މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރިހު ރޯދަމަހުގެ ކުރިއަށް ވެސް އަދި ފަހަތަށް ވެސް ޖެއްސެން ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރޯދަމަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރިހުގެ ގޮތުގައި ކަނޑަައަޅާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހެވެ.

މަޖިލިސް އިންތިހާބު ރޯދަމަހާއި ދިމާވާތީ ބައެއް މީހުން އަންނަނީ އިންތިހާބު ރޯދަމަހު ނުބޭއްވުމަށް ގޮވާލަމުންނެެވެ. އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވަންޖެހޭނީ ގާނޫނާއި އެއްގޮތަކަށް ކަމަށެވެެ. އެގޮތުން މިހާރު އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރިހު ރޯދަމަހުގެ ކުރިއަށް ވެސް އަދި ފަހަތަަށް ވެސް ޖެއްސެން ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.

"މަޖިލިސް އިންތިހާބު ބާއްވާ ތާރިހު ރޯދަމަހާއި ދިމާވާތީ އޭ ކިޔާފައި ގާނޫނަށް ބަދަލު ގެންނާކަށް ބޭނުމެއް ނުވޭ، އެހެންވެ ނިންމެން އޮތް ގޮތަަކަށް ނިންމީ" ފުއާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން