ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވަން އިތުރަށް މަަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ރާއްޖެއިން އެފަދައިން ގޮވާލީ ޣައްޒާގެ ގަތުލު އާންމު ހުއްޓުވަން ގޮވާލައި ހުށަހެޅި މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުން ވީޓޯ ކުރުމާ ގުޅިގެން ނެވެ. އެއާއެކު އދ.، ގެ އާންމު މަޖިލީހުގައި ރާއްޖެއިން ވަނީ ޣައްޒާގެ ގަތުލު އާންމު ހުއްޓުވަން އިިތުރަށް މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.

ހަމަ އެހެންމެ ގަތުލު އާންމު އިތުރަށް ފުޅާކުރިޔަ ނުދިނުމަށްޓަކާ ރާއްޖެއިން ވަނީ ވީޓޯ ނުކުރުމަށް ވެސް ގޮވާލައިފަ އެވެ.

"ހަމަލާތައް ވަގުތުން ހުއްޓާލައި 1967 ވަނަ އަހަރުގެ ކުރީގެ ޗާޓާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލަމުންދާ ގޮވާލުންތައް ތަކުރާރުކުރަން." ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ގޮވާލެއްވި އެވެ.

ރާއްޖެއަކީ ފެށުނީއްސުރެ ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުންދާ ގައުމަކަށްވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިސްރާއިލުގެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ. އަދި އިޒްރޭލުގެ ގަތުލުއާންމުތަކާ ދެކޮޅަށް ސައުތުއެފްރިކާއިން ބައިނަލްއަގްވާމީ ކޯޓަށް ހުށައެޅި މައްސަލައަށް ވެސް ރާއްޖެއިން ވަނީ ތާއީދުކޮށްފައެވެ.

އިސްރާއިލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހު ހަމާސްއިން އިސްރާއިލަށް ދިން ހަމަލާތަކަށް ފަހު އެެވެ.

އޭގެ ފަހުން ޣައްޒާ ސުންނާފަތިކޮށްލައިފައިވާ އިރު ޝަހީދުކޮށްލި މީހުންގެ އަަދަދު 20ހާހުން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.

ނަމަވެސް އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމު ހުއްޓާލުމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން