ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީީދީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީީދީ
ރާއްޖޭގެ މިނިވަންކަން ގެއްލެނީ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވާހަކަ ދައްކަނީ އެބޭފުޅުންގެ ޖީބަށް ވަންނަ ފައިސާ މަދުވެދާނެތީ އެކަމާ ބިރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ބިދޭސީންގެ ވިޔަފާރީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަކީ ކުރެވުނު ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް 4000 އަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ގައުމުތަކަށް މިސަރުކާރުން ފޮނުވާފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ހިއުމަން ޓްރެފިކިންނާއި ބިދޭސީންގެ ވިޔަފާރި އާއި ޑްރަގް ވިޔަފާރިން އިދިކޮޅު ފަރާތްތަކަށް ފައިސާ އާއި ނާޖާއިޒު ފައިދާ ލިބޭ މޭރުމަކުން މިނިސްޓަރު މާރިޔާ ވަނީ ރޭ ޓީވީގައި ވާހަކަ ދައްކަވާފައެވެ.

"މިދައްކަނީ ބޮޑެތި ބިޒްނަސްގެ ވާހަކަ ޑްރަގް އެތެރެކޮށްގެން ވެސް އެހާބައިވަރު ލާރި އެބަހޯދާ. އިންސާނުންވެސް ސްމަގަލް ކޮށްގެން އެތައް ބައިވަރު ލާރި އެއް އެބަހޯދާ. މިރާއްޖޭގެ ވަރަށް ގިނައިން ދެކެވޭ ވާހަކަ އެއް ބޭރުން އަންނަ ކޮންމެ މީހަކަށް ވެސް އެއްހާސް ދެހާސް ޑޮލަރު ނަގައޭ. އެތައް ހާސް މީހުން ކޯޓާ ދީގެން ވައްދާފައި އެބަހުރި ކަމަށް އެބަ ކިޔާ. އެހެންވެއްޖެއްޔާ މިކިޔަނީ 16 މިލިއަން ޑޮލަރުގެ ވާހަކަ." ރައީސް ޔާމިންގެ ސަރުކާރަށް އިޝާރަތް ކުރައްވަމުން މާރިޔާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ރަނގަޅަށް ބަލަހައްޓަން ފެށުމުން ބިދޭސީންގެ ވިޔަފާރި އާއި އެހެނިހެން ވިޔަފާރި ކުރާ މީހުން ހިތްހަމަ ނުޖެހޭނެ ކަމަށެވެ.

" މުޅި ރާއްޖެ އެކީގައި މުޅި ބައިތުލް މާލު ކާލި ބައެއް މިގޮތަށް ވާހަކަ ނުދައްކައެއް ނޯއްނާނެ. ކަންބޮޑުވާނެ އެމީހުން ނިކުންނާނެ ރީތިކޮށް މިނިވަންކަން އެބަގެއްލެއޭ ބަޔަކާއި ގުޅުން ބާއްވަނީއޭ ކިޔައިގެން. ހަގީގަތުގައި އަޅުގަނޑަށް ފެންނަނީ އެބޭފުޅުން އެ އުޅުއްވަނީ އެބޭފުޅުންގެ ޖީބަށް އެވަންނަ އެއްޗެއް ގެއްލިދާނެތީ އެކި ގޮތްގޮތަށް އެވާހަކަ ދައްކަމުން ގެންދަނީ އެހެން އެއްވެސް ކަމެއް އޮވެގެން ދައްކާ ވާހަކަ އެއް ނޫން." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


18

ސަމް

28-Jul-2020

ފޮނުވާލި އެތައްސަބަކާހުރެ. 1ކޮވިޑު.2އަމިއްލަމީހުން މުސާރަ ނުދިން.3ސަރުކާރުން ޚަރަދު ކުރަން ޖެހުން.މޮޅެޅިވާހަކަ ދައްކާނަމޭހިދާ އަގަނުތަޅާނި. ގަމާރުންނެއްނޫން ހުރިހާ ދިވެހިންނަކީ


11

ޓިނު

28-Jul-2020

ލައިގެން. ހުރިހެދުމުގެ މަންޒަރު ހުސް ސޮލިބު


-8

ޢަސްދަނޑި/މާލެ

28-Jul-2020

ޢެހެން ދީނެއްގެ ޝިޢާރު އށންމުކުރުން އިޝްތިހާރު ކުރުން ދީނީއެއްބައިވަންތަ ކަމުގެ ޤާނޫނުން މަނާކަމެއް މާރިޔާ ދޮލީބުޖެހި ހެދުމެހެގައި ްްްްްްަްްްްްްަަްްްްްްަްްްްްްަަޮޮްްްްްްަްްްްްްަަްްްްްްަްްްްްޤާނޫނާ ޚިލާފް ޢަމަލެއް. ޢެ ގޮޓޯ ނެގުން އެދެން



ޓްރެންޑިން