އިސްރާއިލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލު އާންމެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިއަދު ފަށާނެ ކަމަށް އެކޯޓުން ހާމަކޮށްފި އެވެ.

އިސްރާއިލަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރެކެވެ. އަދި ގަތުލު އާންމާ ދެކޮޅު މުއާހަދާގައި ވެސް ބައިވެރިވެފައިވާ ގައުމެކެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުން ދަނީ ގަތުލު އާންމެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން މައްސަލަ ހުށަހެޅީ ދެ އަސާސެއްގެ މައްޗަށެވެ. އެގޮތުން ޣައްޒާގައި އިސްރާއިލުން މަރާލި މީހުންގެ އަދަދާއި އަދި ޣައްޒާ ސުންނާފަތި ކޮށްލާފައި އޮތް މިންވަރުގެ އިތުރުން ޣައްޒާގައި ގަތުލު އާންމެއް ހިންގުމަށް އިސްރާއިލުގެ އިސް އޮފިޝަލުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށެވެ.

އެހެންވެ އިސްރާއިލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ދެކުނު އެފްރިކާއިން ވަނީ އެދިފަ އެވެ.

އިސްރާއިލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހު ހަމާސްއިން އިސްރާއިލަށް ދިން ހަމަލާތަކަށް ފަހު އެެވެ.

އޭގެ ފަހުން ޣައްޒާ ސުންނާފަތިކޮށްލާފައިވާ އިރު ޝަހީދުކޮށްލި މީހުންގެ އަަދަދު 20 ހާހުން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.

ނަމަވެސް އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމު ހުއްޓާލުމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން