މިސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާއެކު އިއްޔެ ސޮއިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާއެކު އިއްޔެ ވަނީ ސޮއިކޮށްފައެެވެ. އޭގެ ތެރެއިން ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުއިއްޒާއެކު ޗައިނާގައި ހުންނެވި ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ، އެ އެމްއޯޔޫގެ ދަށުން ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ކަމަށެވެ. އެކަމަކު، ޗައިނާއިން އެ މަޝްރޫއަށް ދޭ އެހީއާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

30،000 ހައުސިން ޔުނިޓް ހެދުމަށް ޗައިނާއިން ދެނީ ހިލޭ އެހީއެއް ކަމެއް ނުވަތަ ލޯނެއް ކަމެއް އަދި ދޭ އަދަދެއްވެސް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

މި ސަރުކާރުގެ ބޯ ހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގައި ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓް އިމާރާތް ކުރަން ސަރުކާރުން ވަނީ ނިންމާފައެވެެ.

"ރަސްމާލެ" ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އައްލ

27-Jan-2024

ތިމަޝްރޫއައްވުރެ މާރަންގަޅު ވާނެހެން ހީވަނީ އަވައްޓެރިގައުމުތަކާ އޮންނަ ގުޅުން ވެރިންނާޖެހި. ރައްޔިތުމީހާ ހަލާކުވެގެންނުވާނެ؟



ޓްރެންޑިން