ހެލްތު އިންޝުއަރެންސް ކުންފުނި، އާސަންދައިގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމަށް ޝަހީދު މުހައްމަދު އައްޔަނުކުރައްވައިފި އެވެ.

އާސަންދަ ކުންފުނިން ބުނީ އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.

ޝަހީދު މީގެ ކުރިން ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގެ އިތުރުން 2015 ވަނަ އަހަރު އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަންކޮށްފަ އެވެ.

އަދި އޭގެ ފަހުން ޝަހީދު ވަނީ 2017 އިން 2020 އަށް ސިވިލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމު ވެސް ފުުރުއްވައިފަ އެވެ.

ޝަހީދު ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ އޮސްޓްރޭލިއާގެ ކާޓާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިންނެވެ. އެއީ ބެޗެލާ އޮފް ސައިންސް އިން މެޑިކަލް ސައިންސްއިން ނެވެ. އަދި މާސްޓާސް ހާސިލު ކުރެއްވީ އެމެރިކާގެ ޔުނިވާސިޓީގެ އޮފް މެސަޗޫސީއަޓްސްއިން ނެވެ، އެއީ މާސްޓާސް އޮފް ސައިންސް އިން ކްލިނިކަލް ސައިންސް އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން