ރ.އަތޮޅު އިނގުރައިދޫން ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ރ.އިނގުރައިދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މާލެ އިން ރަށަށް ގޮސް ކަރަންޓީން ވެގެން ތިބި ދެ ބިދޭސީންނެވެ. އެމީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީން މުއްދަތު ނިންމުމަށް ފަހު ޓެސްޓް ކުރުމުންނެވެ. އިނގުރައިދޫ ކައުންސިލުން ވެސް ވަނީ އެރަށުން ދެ ބިދޭސީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 738 މީހަކު އެބަތިބި ކަމަށެވެ.
އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 50 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 34 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ދެ މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3302 އަށް އަރާފައެވެ.ރާއްޖޭގައި މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް އަރާފައި ކަން އެޗްޕީއޭ އިން ރޭ ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު