ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާގެ ބެއިޖިންގގައި ހުންނަ ސޮންގ ޗިންގލިންގ ސައިންސް އެންޑް ކަލްޗަރ ސެންޓަރ ފޯރ ޔަންގް ޕީޕަލް އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެ ސެންޓަރުގެ ފަރާތުން އެތަނާގުޅޭ މަޢުލޫމާތު އެކަމަނާއާ ޙިއްޞާކުރެއްވިއެވެ. އޭގެ އިތުރުން އެ ސެންޓަރުގައި ހިމެނޭ އެކިތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނާ ގުޅޭ މަޢުލޫމާތު އެކަމަނާ އޮޅުންފިލުއްވިއެވެ.

ޗައިނާގެ ކުރީގެ އޮނަރަރީ ރައީސް ސޮންގ ޗިންގލިންގ ގެ ހަނދާނުގައި ޤާއިމްކޮށްފައިވާ ސޮންގ ޗިންގލިންގ ފައުންޑޭޝަން އުފެދުނީ 1982 ވަނަ އަހަރުގެ މޭ މަހުއެވެ. ސޮންގ ޗިންގލިންގ ސައިންސް އެންޑް ކަލްޗަރ ސެންޓަރ ފޯރ ޔަންގް ޕީޕަލް ހިންގަމުން އަންނަނީ އެ ފައުންޑޭޝަންގެ ބެލެހެއްޓުމުގެ ދަށުންނެވެ.



ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން