އައްޑޫ ސިޓީން ގެއްލުނު މުޙައްމަދު ނައީޝް ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓު ބޭނުންނުކުރި މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ އައްޑޫން ގެއްލުނު ނައީޝް ގެއްލިގެން ހޯދުމުގެ އޮޕަރޭޝަނުގައި ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓާއި ތަޖުރިބާ އާއި ތަމްރީނު ލިބިފައިވާ އިންޑިއާ ސިފައިން ބޭނުން ނުކުރީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުންހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓު ބޭނުން ކުރެވޭ ހާލަތެއްގައި އޮތްއިރު ނައީޝް ހޯދުމުގެ އޮޕަރޭޝަނަށް އައްޑޫގައި ހުންނަ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ބޭނުންކުރީ ކީއްވެތޯ އަސްލަމް ވަނީ ސުވާލު ކުރައްވާފައެވެ.

"ހަގީގަތުގައި އަޅުގަނޑު ސާފުކޮށް ދަންނަވާލަން ބޭނުންވަނީ މިކަން މިގޮތަށް ކުރި ބައެއްގެ މައްސަލަ ބަލަންޖެހޭނެ، އެއީ ވަކި އެއް ފަރުދެއްގެ ވާހަކަ އެއް ނޫން، ކޮންމެ ތަނެއްގައި މިހެން ދިމާވާ ކޮންމެ ކަމެއްގައި ހައްގު މީގައި ހިމެނިގެންދޭ. މަގާމުތަކާއި ހަވާލުވެ ތިބޭ ބޭފުޅުން މަގާމުތަކާއެކު އެބޭފުޅުންނާއި ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރުމަކީ މުހިންމުވެފައި ބޭނުންތެރިކަމެއް." މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވިއެވެ.

އައްޑޫ ގަމު ހުޅަނގުން އިހި ނަގަން ފައިބައި އުޅެނިކޮށް ގެއްލިފައިވަނީ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް 18އ އެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން