ރާއްްޖޭގައި ހިންގާ ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން އެއްދާއިރާއަކުން ވަޒީފާއަށް ބުރޫއެރި ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާޢަތު
ރާއްްޖޭގައި ހިންގާ ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން އެއްދާއިރާއަކުން ވަޒީފާއަށް ބުރޫއެރި ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާޢަތު
ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދޭ "އިންކަމް ސަޕޯޓް އެލަވަންސް" 6،638 މީހަކަށް ދީފައިވާ ކަމަށް ފިނޭސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖުމްލަ 6،638 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާއިރު އެ ފަރާތްތަކަށް ޖުމްލަ 27.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި އެލަވަންސް ދެނީ ފިނޭންސް މިނިސްޓްރީއާ އެންސްޕާ ގުޅިގެންނެވެ.

ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާ އެވެ. މި އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމަ ކަމަށް އުސޫލުގައިވެއެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން