މަސްތުވާތަކެތީގެ ކުށުގެ އަދަބު ހަރުކަށި ކުރަން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ،

މިއަދުގެ ހުތުބާގައި ބުނީ މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. ހަމަ އެހެންމެ މި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ޒުވާނުންގެ ގިނަ ބަޔަކު އެ ވަބާގައި ޖެހި އެ މީހުންގެ އުއްމީދުތައް ވެއްޔާ މޮޑެވި މާޔޫސްވެފައިވާކަން ފާހަގަކޮށްފައި ވެއެވެ.

އަދި އެ ވަބާގައި ޖެހިފައިވާ ފަރުދަކު ނެތް އާއިލާއެއް މަދުވާނެ ކަމަށް ވެސް ޚތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މަސްތުވާތަކެތި ބޭނުން ކުރާ މީހަކު އެކަމުން ސަލާމަތްވާން މަސައްކަތް ކުރާކަން އެކަމުގެ ވިޔަފާރީގައި އުޅޭ މީޙަކަށް އެނގޭ އިރަށް ކަންބޮޑުވެ އޭނާ އެކަަމުން ދުރަށް ދިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ. އަދި އެހެން ގޮތެއް ނެތިއްޔާ އެ

މީހަކު މަރަން ވެސް ފަހެއް ނުޖެހޭނެ ކަމަށާއި މިއީ ފާފައަށް އަރައިގަތުމުގެ އަސްލު ކަމަށް ބުނެފައި ވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ތެދުވުމަށް ގޮވާލައި ހުތުބާގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމް ގައުމުތަކުން އެކަނި ނޫން ކަމަށެވެ. އަދި ޣައިރު މުސްލިމް ބައެއް ގައުމުތަކުގައި ވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތް ދޭކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

"މި ރާއްޖޭގައި ވެސް އެފަދަ މީހުންނަށް މިހާރު އޮންނަ ވަރަށް ވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މި ސުންޕާ ވަބާ އަހަރުމެންގެ މުޖުތަމައުން ފުހެލުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ވެއްޖެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން